އުރުދުންގެ ބޮޑުވަޒީރު ބިޝަރ އަލް-ޚަސާވްނާ
އުރުދުންގެ ބޮޑުވަޒީރު ބިޝަރ އަލް-ޚަސާވްނާ އާދީއްތަ ދުވަހު ވަނީ ސަރުކާރުގެ އިސްތިއުފާ ރަސްގެފާނު އަބްދުﷲ ދެވަނައަށް ހުށަހަޅުއްވައިފައެވެ. މި އިސްތިއުފާ ހުށަހަޅާފައިވަނީ ސެޕްޓެމްބަރު 10 ގައި ބޭއްވުނު މަޖިލިސް އިންތިޚާބުގެ ނަތީޖާ އިއުލާނުކުރިތާ ހަފްތާއެއް ނުވަނީސްއެވެ.
މި އިންތިޚާބުގައި އިދިކޮޅު އިސްލާމިކް އެކްޝަން ފްރަންޓުން ވަނީ ގިނަ ގޮނޑިތަކެއް ހޯދާފައެވެ. ސަރުކާރުގެ އިސްތިއުފާއާ ގުޅިގެން، އަލަށް އިންތިޚާބުވި މަޖިލީހާ އެއްގޮތަށް އައު ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު ރަސްގެފާނަށް ލިބިވަޑައިގަންނަވާނެއެވެ.
ޚަސާވްނާއަކީ ރަސްގެފާނު އަބްދުﷲ ދެވަނައިގެ ވެރިކަމުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާ ބޮޑުވަޒީރުކަމަށް އައްޔަންކުރެވުނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
މި އިސްތިއުފާއާ ގުޅިގެން، އުރުދުންގެ ސިޔާސީ މަޝްރަޙުގައި އައު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ގިނަ ގޮނޑިތަކެއް ހޯދުމާ ގުޅިގެން، އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތަކަށް ބަދަލުތަކެއް އަތުވެދާނެކަމަށް ސިޔާސީ މަސްރަހް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް