ކުރީގެ ރައީސް އަބުދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލައަކީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މި މައްސަލައިގައި ކުރިން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް، އެ މައްސަލަ އިސްތިއުނާފު ކުރެއްވުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ. ހައި ކޯޓުން ހުކުމް ބާތިލުކުރުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުން "ސަޕްރައިޒް އެވިޑެންސް" ބަލައިގަތުމުގައި އިޖުރާއީ މައްސަލަތަކެއް ހުރިކަމާއި، ދައުވާކުރި މާއްދާގެ ދަށުން ސާބިތުކުރަންޖެހޭ ކުށުގެ އުންސުރުތައް އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައި ނުވާކަމެވެ.
މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށްފަހު، އަޑުއެހުންތައް ފެށިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުން ލައިވްކޮށް ދެއްކުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވުމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު ވަނީ އެކަމަށް ހުއްދަ ދެއްވާފައެވެ. މީގެ ކުރިންވެސް ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ވަނީ ލައިވްކޮށް ދައްކާފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް