ވެހިކަލްތައް ނެގުމުގެ މަސައްކަތް މާދަމާ ފަށަނީ
ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގަވާއިދާ ޚިލާފަށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައނދުތައް މާދަމާއިން ފެށިގެން ޓޯކުރަން ނިންމައިފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދާނީ ފުލުހުންނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެންނެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 ގައެވެ.
ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ އިތުރުން، އެފަދަ އުޅަނދުތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަގުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކޮށްފައި ބޭއްވުމުގެ މައްސަލަ ބޮޑުވެގެން އާންމުން އަބަދުވެސް ޝަކުވާ ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ބަހައްޓާފައި ހުންނަ އުޅަނދުތަކުގެ ސަބަބުން މަގުގައި ދުއްވަން އޮންނަ ޖާގަ ކުޑަވެ، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވެ، އެކްސިޑެންޓުގެ ރިސްކު އިތުރުވެގެންދެއެވެ.
ފަހަކަށް އައިސް އާދަޔާ ޚިލާފަށް އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން، މަގުތަކަކީ ރައްކާތެރި ތަންތަނަށް ހެދުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި އެކްސިޑެންޓު ގިނަ ސަރަހައްދުތަކުގައި ފޯރިމެރުމާއި، ޗެކްޕޮއިންޓްތައް އިތުރުކުރުމާއި، ގަވާއިދުތަކާއި ޤާނޫނުތަކަށް ބަދަލު ގެނައުން ހިމެނެއެވެ..
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް