އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިން ފެށުމަށް ތައްޔާރު

ބަންކަރިން ޚިދުމަތްދިނުމަށް ތައްޔާރު / ފޮޓޯ:އެމްޕީއެލް

އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިން ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެނިމިއްޖެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ސީއީއޯ މުހައްމަދު ވަޖީހު މިކަން ހާމަކުރައްވާފައި ވަނީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޖީހު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ހިދުމަތް ފެށުމަށް ބޭނުންވާ ބަންކަރިން ދެ ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓް ބޯޓު މިހާރު ވަނީ އިހަވަންދިއްޕޮޅަށް ގެންގޮސްފައެވެ. އަދި ބަންކަރިން ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ޝަރުތެއް ކަމަށްވާ އވާ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް ގޭޓް) ވެސް ވަނީ ގާއިމްކޮށް ނިމިފައެވެ.

ބަންކަރިންގެ ހިދުމަތަކީ ގައުމުގެ އިގްތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ހިދުމަތެއްގެ ގޮތުގައި ސިފަކުރައްވާ، ވަޖީހު ވިދާޅުވީ މިއީ މިގައުމުގައި ކުރަންޖެހި ނަމަވެސް މިހާތަނާ ޖެހެންދެން ނުކުރެވި އޮތް ކަމެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ބަންކަރިން ހިދުމަތާއެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް އިތުރު 14 ހިދުމަތެއް އެ ސަރަހައްދުން ފޯރުކޮށްދޭން ފެށޭނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ސަރުކާރު ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވަޖީހު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އުތުރު މެރިޓައިމް ސާވިސަސްގެ ނަމުގައި ވެބްސައިޓެއް ގާއިމްކޮށް، އެ ސަރަހައްދުން ފޯރުކޮށްދޭ މެރިޓައިމް ދާއިރާގެ އެހެން ހިދުމަތްތަކުގެ މަޢުލޫމާތު ލިބޭނެ ގޮތް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަންކަރިން މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި އޮއިލް ޓާމިނަލް އާއި އޮއިލް ޓޭންކުތައް ގާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވަޖީހު ހާމަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ރާއްޖޭގައި ބަންކަރިންގެ ހިދުމަތް މި މަހު ފަށަން ނިންމާފައިވާއިރު، އެ ހިދުމަތް ދިނުމަށް 'މެރިން އޭންޖަލް' އަދި 'މެރިން ބެލާ' ނަމަކަށް ކިޔާ ދެ ބޯޓު ބޭނުންކުރާނެއެވެ. މި ދެ ބޯޓު ވެސް މިހާރު ވަނީ އިހަވަންދިއްޕޮޅަށް ގެންގޮސްފައެވެ.

ރާއްޖޭގައި ފުރަތަމަ ފަށާނީ ފްލޯޓިން ބަންކަރިންގެ ހިދުމަތެވެ. ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭނެ ދެ ބާޖު ބޭނުންކޮށްގެން ފަށާ މި ހިދުމަތާ އެކު މުސްތަގުބަލުގައި އެ ސަރަހައްދުގައި ސްޓޯރޭޖު ވެސް ގާއިމް ކުރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގުމަށްޓަކައި، އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އެއީ ރާއްޖޭގެ ބަނދަރުތަކުގައި ބޭރުގެ އުޅަނދުފަހަރަށް ތެޔޮ ވިއްކުމުމުގެ ފުރުސަތު ހުޅުވިގެންދާނެތީއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މި މަޝްރޫޢު ފެށުމާއެކު، ރާއްޖެއަކީ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރުގެ ވިއުގައިގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ޖިއޮގްރަފިކް ލޮކޭޝަންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

51 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy