ރަފަހަށް އަރައިގެންފިނަމަ ހަތިޔާރު ދިނުން ހުއްޓާލާނަން

---

ފަލަސްތީނުގެ ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އިޒްރޭލުން އަރައިގެންފިނަމަ އެގައުމަށް ހަތިޔާރު ދިނުން ހުއްޓާލާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން މިދިޔަ ހޯމަ ދުވަހުގެރޭ ރަފާހް އަށް ބޮން އަޅަން ފަށާފައިވާއިރު، އެގައުމުން ވަނީ ރަފަހަށް ވަންނަން އޮންނަ ބޯޑަރުތައް ވެސް ބަންދުކޮށްފަ އެވެ. އިޒްރޭލުން މީގެކުރިން ވަނީ ރަފަހްގައި މިލިޓަރީ އޮޕަރޭޝަނެއް ފަށަން ބޭނުންވާތީ އެ ސިޓީގައި ދިރިއުޅެމުންދާ އެންމެން ވަޒަން ދޫކޮށް ދިޔުމަށް ވެސް އަންގާފަ އެވެ. ނަމަވެސް މިކަން މިގޮތަށް ނުކުރުމަށް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވެސް އެގައުމުގެ ކިބައިން ތަކުރާރުކޮށް ވަނީ އެދިފަ އެވެ.

އިޒްރޭލުގެ އަމަލުތަކާ ގުޅޭގޮތުން "ސީއެންއެން" އަށް ދެއްވި އިންޓަވިއުއެއްގައި ބައިޑެން ވިދާޅުވީ އިޒްރޭލުން ރަފަހަށް އަރައިގެންފިނަމަ އެމެރިކާ އިން އިޒްރޭލަށް ދެން ހަތިޔާރު ފޯރުކޮށްނުދޭނެކަން ވަރަށް ސާފުކޮށް އަންގާފައިވާނެ ކަމަށެވެ. އަދި އެމެރިކާ އިން މީގެކުރިން ފޯރުކޮށްދިން ހަތިޔާރުތައް ބޭނުން ކުރުމުގެ ސަބަބުން ގާޒާ އިން އެތައް ކުޑަކުދިންނެއް މަރުވެފައިވާ ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

އެމެރިކާ އިން ދާދިފަހުން ވަނީ އިޒްރޭލަށް ފޮނުވުމަށް ހަމަޖެހިފައި އޮތް ބޮން ޝިޕްމެންޓެއް ފޮނުވުން ވެސް ވަގުތީ ގޮތުން މަޑުޖައްސާލާފަ އެވެ.

އިޒްރޭލުން ބުނީ ރަފާހް އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް ކަމަށެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން ސަލާމަތް ކުރަން ކޮންމެހެން ވެސް ރަފަހްގައި އޮޕަރޭޝަނެއް ހިންގަންޖެހޭ ކަމަށްވެސް އިޒްރޭލުން ބުނެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

55 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy