އޮގަސްޓް މަހު ދެ ބިލިއަން ރުފިޔާ އާއި ގާތްކުރާ އާމްދަނީއެއް މީރާއަށް ލިބިއްޖެ

މީރާ

އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 1.98 ބިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މިއީ އަންދާޒާކުރި މިންވަރަށްވުރެ 34.5 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 53.3 އިންސައްތަ ނުވަތަ 1.06 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 23.9 އިންސައްތަ ނުވަތަ 472.66 މިލިއަން ރުފިޔާއެވެ.

އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކްސް، ގްރީން ޓެކްސް އަދި ޖީއެސްޓީ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަމަށް މީރާއިން ބުނެފައިވެއެވެ.

މީރާއިން އިތުރަށް ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15 އިންސައްތަ އިތުރުވެފައިވެއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.

އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވުމުގެ އިތުރު ސަބަބުތަކުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް އަދި ސުންގަޑި ހަމަވުމުގެ ފަހުން ބަލައިގަނެފައިވާ ޖީއެސްޓީ އާއި ރިސޯޓު ކުލި ހިމެނޭކަމަށްވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

30 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy