ޕީޖީގެ މަޤާމަށް އައްބާސް ޝަރީފުގެ ނަން ހުށަހަޅައިފި

އައްބާސް ޝަރީފަށް ފަތްކޮޅު އެރުވުން / ފޮޓޯ:ރައީސް އޮފީސް

ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފިއެވެ.

އައްބާސްގެ ނަން ހުށަހަޅުއްވާފައި ވަނީ ދައުރުން ބޭރުގައި ރޭ ބޭއްވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާގައެވެ.

ރޭ ބޭއްވުނު ދައުރުން ބޭރުގެ މަޖިލިސް ޖަލްސާގައި، މަޖިލީހުގެ އަމީން ޢާންމު ފާޠިމަތު ނިއުޝާ ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ އިއްވާފައެވެ. މި ސިޓީގައި ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް އައްބާސް ޝަރީފުގެ ނަން ހުށަހަޅުއްވާ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލެއްވި އެހެން ފަރާތްތަކުގެ ތެރޭގައި މަރްޔަމް ނިހާޔަތު، އަޙްމަދު ހައިލަމް، ޢަލީ ސަމީރު، އަޙްމަދު ޔާމީން އަދި އިބްރާހީމް ޢަލީ ހިމެނެއެވެ.

މަޖިލީހުގެ ރައީސް އަބްބްދުއްރަހީމް އަބްދުﷲ ވަނީ މި މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ. މި މަސައްކަތް ނިންމުމަށް ރޭ 9:30 ގައި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

އައްބާސް ޝަރީފަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ، ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުންގެ ވަކީލުކަން ކުރައްވާ އަދި ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް ޕްރޮސެކިއުޓަރ ޖެނެރަލަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

 

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

25 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy