ޑޮކްޓަރީ ބޭހުގެ އަގު ބޮޑުކަމުން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް

ރާއްޖެ އެތެރެކުރާ ޑޮކްޓަރީ ބޭސް ވިއްކާ އަގުތައް ހުރީ %200 އިންސައްތައިން ފެށިގެން %2000 އިންސައްތައަށް ބޮޑުކޮށް ކަމަށް ފާހަގަކޮށް، އެކަން ހުއްޓުވަން ފިޔަވަޅުތައް އަޅަން ރައީސް މުހައްމަދު މުއިއްޒު ސަރުކާރުގެ އިދާރާތަކަށް މިއަދު އަންގަވައިފި އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރައްވާ އެކްސްގައި ވިދާޅުވެފައިވަނީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިންސައްތައިން ފެށިގެން %2000 އިންސައްތައާ ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ.

"ބޭސް ވިއްކުމުގައި މި ވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި" ރައީސް އިތުރަށް ވިދާޅުވެފައި ވެއެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި މި އަޅާ ފިޔަވަޅުތަކާ އެކު ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ދައްކަން ޖެހޭ އަގު ވެސް ދަށްކުރެވޭނެ އެވެ. މި ބަދަލު ގެންނަން ހަމަޖެހިފައިވާ ތާވަލާއި އިތުރު ތަފްސީލުތައް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ" ރައީސް އިތުރަށް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

35 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy