މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2 އަށް ބަދަލުކޮށްފި

މޫޑިސް

ދުނިޔޭގެ ނަން މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-1 އިން ސީއޭއޭ-2 އަށް  ބަދަލުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މޫޑީސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މޫޑީސްއިން ރާއްޖޭގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބަކީ ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ދައްކަންޖެހޭ ބޭރު ދަރަނި ދެއްކޭނެ ވަރުގެ މާލީ ގާބިލްކަން ރާއްޖޭގައި ހުރިކަމަށް އެ އެޖެންސީއަށް ގަބޫލުނުކުރެވުމެވެ. އެ އެޖެންސީން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ސޮވަރިން ފަންޑުގައި ވެސް ދަރަނި އަދާކުރެވޭނެ މިންވަރަށް ފައިސާ ނެތްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި އަހަރުގެ ބަޖެޓް ޑެފިސިޓް ވަރަށް ބޮޑުވެފައިވާއިރު، އެ ޑެފިސިޓް ފޫބައްދަން ކުރު މުއްދަތުގައި ދައްކާ ދަރަނިތައް ނަގަން ޖެހިފައިވުމުން ރިޒާވަށް ނޭދެވޭ އަސަރުކުރާނެކަމަށް މޫޑީސްއިން ބުނެފައިވެއެވެ. އަދި ހަރަދު ކުޑަކުރަން ފިޔަވަޅުތައް އެޅުން ލަސްވަމުން ދިޔުމަކީ ވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މޫޑީސްއިން ބުނެފައިވާ ގޮތުގައި ބޭރު ފަރާތްތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ނުލިބިއްޖެ ނަމަ ކުރު މުއްދަތުގައި ރާއްޖޭގެ މާލީ ހާލަތު އިތުރަށް ނާޒުކު ފައްތަރަކަށް ދާނެ ކަމަށް ލަފާކުރފާކުރެވެއެވެ.

މޫޑީސްގެ މި ނިންމުމާއެކު، ދުނިޔޭގެ ބޮޑެތި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ފިޗް ރޭޓިންސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އިން 'ސީސީ'އަށް ދަށްކޮށްފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

56 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy