ޒަކަިއްޔާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތުގައި
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ފުލުހުންގެ ތަޙުޤީޤަށް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އިއްޔެ ހެނދުނު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ހަށިގަނޑުގައި ބޮޑެތި ޒަޚަމްތަކެއް ހުރި ކަމަށް ވަނީ ފާހަގަކުރެވިފައެވެ. ޚާއްޞަކޮށް އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުރި ކަމަށާއި، އޭނާގެ ކައިރީގައި ވަޅިއެއް އޮތް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚާއްޞަ ޓީމެއް އިއްޔެ އެ ރަށަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ޝައްކުކުރެވޭ ކަމަށް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާފައިވާ މީހެކެވެ. ނަމަވެސް، މިކަން ރަސްމީކޮށް އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި ރަށުގެ ބައެއް ޢާންމު މީހުން ބުނާ ގޮތުގައި ޒަކިއްޔާގެ ބޭރުފުށުން އެއްވެސް ބައްޔެއްގެ އަލާމާތެއް ފެންނަން ނުހުރެއެވެ.
މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން ޒަކިއްޔާ ބައެއް މީހުންނާ ވާހަކަދައްކާފައިވާ ކަމަށް ރަށުގެ މީހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް