ޤައުމީ އެތުލީޓުންނަށް އިންސުއަރެންސްދެނީ
ގައުމީ ފެންވަރުގެ އެތުލީޓުންނާއި އޮފިޝަލުންނަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝުއަރެންސް ދޭން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ކުޅިވަރުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު ރާފިއު ވިދާޅުވީ ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނެޝަނަލް އެތުލީޓުންނާއި އޮފިޝަލުންނަށް އިންޝުއަރެންސްގެ ކަންތައް އަންނަ އަހަރު ހަމަޖެހިގެންދާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް މި ނިންމުމާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެ އެވެ. އެހެންކަމުން، މި އިންޝުއަރެންސްގެ ދަށުން ލިބޭނެ ޚިދުމަތްތަކާއި، މީގެ ދަށުން ހިމެނޭނެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޝަރުތުތަކާ ބެހޭ މައުލޫމާތު އަދި ސާފުވެފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ދިވެހި އެތުލީޓުން ރާއްޖެ ތަމްސީލްކުރަމުންދާ އިރު، އެފަދަ ކުޅުންތެރިންނަށާއި އެކުޅުންތެރިންނާ އެކު ދާ އޮފިޝަލުންނަށް މިހާތަނަށް ސަރުކާރުގެ ފަރާތުން އިންޝުއަރެންސެއް ނުލިބެ އެވެ. މި ނިންމުމަކީ ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް