މަރިޔަމް ޝިއުނާ (ކ) އާއި މަލްޝާ ޝަރީފް.
ސަސްޕެންޝަންގައި ތިބޭތާ އަށް މަސް ފަހުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު، މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި ދެ ބޭފުޅުން ސަސްޕެންޑުކުރެވުނީ މިދިޔަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހު، އިންޑިއާއަށް ބަދުބަސް ރައްދުކޮށް އެކްސްގައި ޕޯސްޓްކުރި މައްސަލައެއްގައެވެ. މި މައްސަލައިގައި ޝިއުނާ އާއި މަލްޝާގެ އިތުރުން ޔޫތު މިނިސްޓްރީގެ އަނެއް ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމު މާޖިދު ވެސް ސަސްޕެންޑުކުރެވުނެވެ.
ޝިއުނާ އާއި މަލްޝާ ވެސް ވަނީ އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން، ދެ ބޭފުޅުން ވެސް ވިދާޅުވެފައިވަނީ "އަމިއްލަ ސަބަބުތަކާ ހުރެ" މަގާމުގައި ދެމިހުރުމަށް ދަތިވާތީ ކަމަށެވެ.
މި ދެ ބޭފުޅުންނާއި މަހުޒޫމު ސަސްޕެންޝަންގައި ތިއްބެވީ މުސާރަ ލިބޭ ގޮތަށް ކަމަށާއި، މި މުއްދަތުގައި ކޮންމެ ބޭފުޅަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 500,000 ރުފިޔާއާ ގާތްކުރާ އަދަދެއް ލިބިވަޑައިގެންފައިވާ ކަމަށްވެއެވެ.
މި މައްސަލަ ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ. އެ ދަތުރުފުޅުގެ ފޮޓޯތަކާއި ވީޑިއޯތައް އެކްސްގައި ޝާއިޢުކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އުފެދުނު ހޫނު ބަހުސްގައި، މި ތިން ބޭފުޅުން ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ވަރަށް ނޭދެވޭ ޕޯސްޓްތަކެއް ކުރައްވާފައެވެ. ނަމަވެސް، ފަހުން އެ ޕޯސްޓްތައް ވަނީ ފޮހެލާފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް