ބަންކަރިންގެ ފުރަތަމަ ބޯޓް ކުޅުދުއްފުށީގައި، ދެވަނަ ބޯޓް ރާއްޖެއައުމަށް ދަތުރު ކުރަނީ

ބަންކަރިންއަށް ބޭނުންވާ ފުރަތަމަ ބޯޓް ކުޅުދުއްފުށީގައި ބަނދަރުކޮށްފައި

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ގެންނަ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު، މެރިން އެންޖަލް، ހދ. ކުޅުދުއްފުށީ ޕޯޓުގައި ބަނދަރު ކޮށްފިއެވެ.

މި ބޯޓު މިހާރު ކުޅުދުއްފުށީ ބަނދަރު ބޭރުގައި އޮތް އިރު، ދެވަނަ ބޯޓު ކަމުގައިވާ މެރިން ބެލާ މިހާރު ރާއްޖެއަށް ދަތުރުކުރަމުންދެއެވެ.

އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް މި މަހު ފަށަން ނިންމާފައިވާއިރު، މި ޚިދުމަތް ދިނުމަށް ދެ ބޯޓު ބޭނުންކުރާނެއެވެ. ރާއްޖޭގެ އެންމެ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތާއެކު، މެރިޓައިމްގެ އިތުރު ޚިދުމަތްތައްވެސް ދޭން ވަނީ ނިންމާފައެވެ. މިގޮތުން އެސްޓީއޯއިން އޮފްޝޯ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭއިރު، އެމްޕީއެލްއިން ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތައް ދޭނެއެވެ.

މި މަހު ފަށާ މި ޚިދުމަތާއެކު ފުރަތަމަ ފަށާނީ ފްލޯޓިން ބަންކަރިންގެ ޚިދުމަތެވެ. ގާތްގަނޑަކަށް 4،000 ޓަނުގެ ތެޔޮ އުފުލޭނެ ދެ ބާޖު ބޭނުންކޮށްގެން ފަށާ ޚިދުމަތާއެކު މުސްތަޤުބަލުގައި އެ ސަރަހައްދުގައި ސްޓޯރޭޖުވެސް ޤާއިމްކުރާނެއެވެ.

އުތުރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ ކަނޑު ދަތުރުތަކުގައި މުހިންމު ސަރަހައްދަކަށްވާއިރު، އުތުރުގައި ބަންކަރިންއާއި މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިން މަޝްރޫޢެއް ހިންގުމަށް އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024 ގައެވެ. މި މަޝްރޫޢާއެކު ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދަށް އައު ހަކަތައެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

52 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy