ކްރިމިނަލް ކޯޓް
ގެސްޓް ހައުސް ކޮޓަރިއަކަށް ފިރިހެނަކު ގެންގޮސް 53،000 ރުފިޔާ ފޭރުމުގެ މައްސަލައިގައި ތުހުމަތުކުރެވޭ އަންހެން މީހާގެ ބައިވެރިޔާ އިއްޔެ ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ އަންހެން މީހާއަށް މިދިޔަ ބުދަ ދުވަހު 15 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، އޭނާގެ ބައިވެރިޔާ ކަމަށް ބެލެވޭ ފިރިހެނާއަށްވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ ބަންދެއް ޖަހާފައެވެ.
މި މައްސި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ފުލުހުން ބުނާ ގޮތުގައި މި ކުށް ހިންގާފައިވަނީ އަންހެނަކާއި ފިރިހެނަކު ގުޅިގެންނެވެ. ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، މިހާރު ހައްޔަރުކޮށްފައިވާ ފިރިހެނާއަކީ މަސްތުވާތަކެތި، ފޭރުން، ރަހީނުުކުރުން އަދި މަކަރާއި ހީލަތް ހެދުން ފަދަ ކުށްތަކުގެ ރެކޯޑު އޮތް މީހެކެވެ. އަދި ހަށިވިއްކުމުގެ ކުށުގެ ރެކޯޑު އޮތް އަންހެނުންނާ ގުޅިގެން ފޭރުމުގެ ކަންކަން ހިންގާ މީހެއް ކަމަށްވެސް ތުހުމަތުކުރެވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އަންހެން މީހާއާ ގުޅިގެންޅިގެން މި މަހާއި މިދިޔަ މަހު ޖުމްލަ ހަ މީހަކު ފޭރުނު ކަމަށް ތުހުމަތުކުރެވެއެވެ. ފޭރުނު 53،000 ރުފިޔާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައިވަނީ ފިރިހެން މީހާގެ ނަމުގައި އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި މިހާރު ބަންދުކޮށްފައިވާ ދެ މީހުންނަކީ އައިޝަތު މަލްޖާ މޫސާދީދީ (27 އަހަރު، ސ. މަރަދޫ / ކުންނާރުގެ) އަދި އިކްލީލް އިބްރާހީމް (41 އަހަރު، ގއ. ކަނޑުހުޅުދޫ / ވިދާތަރި) އެވެ.
ފުލުހުން ފާހަގަކުރާ ގޮތުގައި، ހަށިވިއްކުމުގެ ދަޅަ ދައްކައިގެން ފިރިހެނުން ގެންގޮސް ފޭރުމުގެ ކުށްތައް މި ފަހަކަށް އައިސް ވަރަށް ގިނައިން ރިޕޯޓްކުރެވެމުންދެއެވެ. ދާދި ފަހުން ހިޔާ ފްލެޓް ސަރަހައްދުގައިވެސް މިފަދަ ގްރޫޕެއްގެ މައްސަލަ ފެންމަތިވެފައިވާކަން ފާހަގަކުރެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް