އެމްޕީއެލްގެ އަމާޒަކީ ސަރުކާރަަށް ބަރޯސާނުވެ އާމްދަނީ އިތުރު ކުރުން!

ކުންފުނިން ސަރުކާރަށް ބަރޯސާ ނުވެ އާމްދަނީ އިތުރުކުރުމަށް އާ ޕްލޭންތަކެއް އެކުލަވާލަވާލާފައިވާއިވާ ކަމަށް އެމްޕީއެލްގެ.ސީއީއޯ މުހައްމަދު ވަޖީހު އިބުރާހިމް ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހިމެނޭ ގޮތަށް މެރިޓައިމް އަދި އޯޕީއެލް (އޮފް ޕޯޓް ލިމިޓްސް) ސާވިސަސް ފޯރުކޮށްދިނުމުގެ މަސައްކަތް މި މަސް ތެރޭގައި ފަށާނެއެވެ.

މެރިޓައިމް އަދި އޯޕީއެލްގެ ހިދުމަތް ގުޅިގެން ފޯރުކޮށްދިނުމުގެ ގޮތުން އެމްޕީއެލް އާއި އެސްޓީއޯއާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިވެސް ކޮށްފައެވެ.

މެރިޓައިމް ދާއިރާގެ އިސްފަރާތްތަކާއެކު އެމްޕީއެލުގައި ބޭއްވި ބައްދަލުވުމެއްގައި ވަޖީހު ވިދާޅުވި ގޮތުގައި، އެމްޕީއެލްއިން ކުރިމަގަށް ރާވާފައިވާ ގިނަ ޕްރޮޖެކްޓުތަކަކީ މެރިޓައިމް ދާއިރާއާ ގުޅުން ހުރި ކަންކަން ކަމަށެވެ. މިއާއެކު މި ދާއިރާގެ އިސްފަރާތްތަކުގެ މަޝްވަރާއާއި ޚިޔާލު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަށް ރާވާފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މެރިޓައިމް ދާއިރާގެ އިސްފަރާތްތަކުގެ ޚިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއް، ހަމައެއާއެކު މިއަދަކީ އަޅުގަނޑު ވަރަށް އުފާވާ ދުވަހެއް ސަބަބަކީ މި ކަމުގެ މީހުންނާއި އެކު ބައްދަލުކޮށް މަޝްވަރާ ކުރެވޭތީ،". ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ބައްދަލުވުމުގައި، މެރިޓައިމް ދާއިރާގެ ސްޓޭކްހޯލްޑަރުން ވަނީ މި ދާއިރާ އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި މެރިޓައިމް ދާއިރާއާ ގުޅުންހުރި ހަރަކާތްތައް އިތުރުކުރުމަށާއި، މި މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމަށް އެ ޞޭފުޅުން ވިދާޅުވިއެވެ.

މެރިޓައިމް ދާއިރާގެ އިސް ފަރާތްތަކުން ވަނީ އެ ދާއިރާއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ތަމްރީނުވެފައިވާ މުވައްޒަފުންގެ ދަތިކަމާއި، ޒަމާނީ ވަސީލަތްތަކުގެ މަދުކަންވެސް ފާހަގަ ކުރައްވައިފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy