ވެމްކޯ އިން ކުނި މެނޭޖުކުރަން އިތުރު ތަނެއް ހޯދަނީ

ވެމްކޯގެ އެމްޑީ މުޖޭ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި މެނޭޖުކުރުމަމަށް ތިލަފުށި ނޫން އެހެން ތަނެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.

މުޖުތަބާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވެމްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މުޖުތަބާ ވިދާޅުވި ގޮތުގައި، މިހާރު ތިލަފުށީގައި ކުނި އަޅާ ސަރަހައްދު ވަނީ ފުރިފަ އެވެ. އެގޮތުން، ތިލަފުށީގައި ކުނި އަޅާ ސަރަހައްދުގައި މިހާރު 47 މީޓަރުގެ އުސްމިނަށް ކުނި ނަގާފައިވާއިރު، އެންމެ މައްޗަށް ކުނި ނެގޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 50 މީޓަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

“އެހެންވީމަ އަނެއްހެން ވަރަށް ރިސްކީ ލެވެލްއެއްގައި އޮތް ތަނެއް. ކޮންމެ ދުވަހަކުވެސް މެނޭޖްކޮށްގެން ކުރިއަށް މި ގެންދަނީ،” މުޖުތަބާ ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި އުފައްދާ ކުނީގެ 90 އިންސައްތަ ތިލަފުއްޓަށް ގެންދަން ޖެހޭކަމަށް މުޖުތަބާ ފާހަގަކުރެއްވިއެވެ. އަދި މާލެ ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނައިން ކުނި އުފައްދާ ސަރަހައްދު ކަމަށްވާތީ، މާލެ ކައިރިން ކުނި މެނޭޖުކުރާނެ ތަނެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، މިހާރުގެ ސަރުކާރު ހަވާލުވިއިރު ވެމްކޯގައި ދަރަނީގެ ގޮތުގައި 160 މިލިއަން ރުފިޔާ އޮތް ކަމަށާއި، މިހާރު އެންމެ ބޮޑު އަމާޒަކީ ދަރަނިން ސަލާމަތްވެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy