އާދަމް އަތުހަރު
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސް، މިރޭ ވަޅުލަން ނިންމައިފި އެވެ.
އަތުހަރު މަރުވީ މި މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 4:08ގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ މަރުވި ގޮތް ކަށަވަރުކުރަން ޕޯސްޓުމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ބުރާސްފަތު ދުވަހު އެވެ.
އަތުހަރުގެ ހަށިގަނޑު ރާއްޖެ ގެނެސް އޭނާގެ ކަށުނަމާދު މިރޭ 10 ޖަހާއިރު ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުރަން ވަނީ ނިންމައިފަ އެވެ.
އަތުހަރު ދަންޖެހުނު މައްސަލަ ތިން މުއައްސަސާއަކުން އަންނަނީ ތަހުގީގްކުރަމުންނެވެ. އެއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ފުލުހުންގެ އެތެރޭގެ ތަހުގީގެވެ.
އަތުހަރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުގަ އެވެ.
ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ބަހައްޓަން އަމުރުކޮށްފަ އެވެ. އަމިއްލައަށް މަރުވާން މަސައްކަތްކުރީ އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި، ދޫނިދޫގެ ގޮޅީއެއްގައި ބަންދުކޮށްފައި ހުއްޓަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް