ހުޅުމާލޭގައި ހިނގި މަރުގެ އެކްސިޑެންޓު: ސްޕޯޓްސް ކާރު ދުއްވި ފަރާތް ޝަރީއަތް ނިމެންދެން ބަންދު

ކާރުދުއްވި ފަރާތް / ފޮޓޯ:ޕޮލިސް

ރޭ ދަންވަރު ހުޅުމާލޭގައި ހިނގި މަރުގެ އެކްސިޑެންޓެއްގައި ސްޕޯޓްސް ކާރު ދުއްވަން އިން މުހައްމަދު ވިސާމް ސިދުގީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:00 އާއި ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލުގައި އިން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެކްސިޑެންޓުގައި ކާރު ދުއްވަން އިން ވައިލެޓްފެހި/ސ. ހިތަދޫ، މުހައްމަދު ވިސާމް ސިދުގީ ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފައިވެއެވެ.

މި އެކްސިޑެންޓުގައި މަރުވި ސަމާހުގެ ބޮލާއި މޫނުމައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށާއި، އޭނާ ނިޔާވެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް އެނގިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ސަރުކާރުން ވަނީ ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނުތައް އިސްލާހު ކުރުމަށް ނިންމާފައެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy