ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަން ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމުހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެންނެވެ. މި އެކްސިޑެންޓުގައި ބާރު ސްޕީޑެއްގައި ދުއްވި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި، ކަރެކްޝަނަލް ސާވިސްގެ 23 އަހަރުގެ އޮފިސަރު ހަސަން ސަމާހު ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ރައީސް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި މިފަދަ އެކްސިޑެންޓުތައް ހުއްޓުވަން ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މާލެ އާއި ރަށްރަށުގެ މަގުތަކަކީ އެންމެނަށް އަމާންކަމާ އެކު ބޭނުންކުރެވޭ ތަނަކަށް ހެދުމަށް ސަރުކާރުން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ނިޔާވި ހަސަން ސަމާހު އެވަގުތު ދިޔައީ ރޭ ފަތިހު ފެށި ޓީއެފްޖީގެ ހާފް މެރަތަންގައި ދުވަން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި އެކްސިޑެންޓުގައި ހިމެނޭ ސްޕޯޓްސް ކާރު ދުއްވަން އިން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީ (ވަޔޮލެޓްފެހި/އައްޑޫ ހިތަދޫ) ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި ވިސާމް އަތުގައި ކާރު ދުއްވުމުގެ ލައިސަންސެއް ނެތެވެ.
މި މައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް