ރައީސް މުއިއްޒުގެ ކެބިނެޓް ބައްދަލުވުމެއް ކުރިއަށް ދަނީ / ފޮޓޯ:ރައީސް އޮފީސް
ސަރުކާރުގެ ތިން ކުންފުނި އެއްކޮށްލުމާއި އިންވެސްޓަރުންނަށް ދިރިއުޅުމުގެ ވިސާ ދިނުމާ ގުޅޭ ގޮތުން މިއަދު ކެބިނެޓުގައި މަޝްވަރާކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުން މިއަދު އާންމުކުރި ރައީސްގެ ވީޑިއޯ މެސެޖެއްގައެވެ.
ކުންފުނިތައް އެއްކޮށްލުމުގެ ތެރޭގައި ހިމެނެނީ ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްގެ ދަށަށް ގެނައުމާއި، ބީސީސީ އާއި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެއްކޮށްލުމާއި، އަދި އެފްޑީސީ އެޗްޑީސީގެ ދަށަށް ބަދަލުކުރުމެވެ. ރައީސް ވިދާޅުވީ މި ބަދަލުތަކުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
އިންވެސްޓަރ ރެސިޑެންސީ ވިސާ ޕްރޮގްރާމަކީ ރާއްޖޭގައި ވަކި މިންވަރަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ދިރިއުޅުމުގެ ދާއިމީ ވިސާ ދޭ ޕްރޮގްރާމެކެވެ. ރައީސް ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމަކުން އިޤްތިޞާދު ސިންދަފާތުވެ، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ބަދަލުތަކެއް އަންނާނެއެވެ.
މި ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުތަކަށް ގެންނަ މުހިންމު ބަދަލުތަކެއް ކަމަށްވާތީ، މީގެ ނަތީޖާ ރައްޔިތުންނަށް ކުރިމަގުގައި ފެންނާނެ ކަމަށް ބެލެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް