ކުރިއަށް އޮތް ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް އެމްއޭސީއެލް ތައްޔާރުވަނީ

އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޓޫރިޒަމްގެ ޕީކް ސީޒަނަށް ތައްޔާރުވާން ފަށައިފިއެވެ.

މިގޮތުން އެ ކުންފުނީގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޒަނުން 'ވިންޓަރ ޕްރެޕް ކިކްއޮފް 2024' ގެ ނަމުގައި ޚާއްސަ އިވެންޓެއް ބާއްވާފައިވެއެވެ.

މި ތައްޔާރީތަކުގައި އިސްކަންދެނީ ފަސިންޖަރުންނާއި އެއަރލައިންތަކަށް ފަސޭހަ ޚިދުމަތްތަކެއް ދިނުމަށެވެ. މިގޮތުން ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫ ކުޑަކުރުމާއި، ފިނިހޫނުމިން ބެލެހެއްޓުމާއި، ޓާމިނަލް ރީތިކުރުމަށް މަސައްކަތްކުރާނެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެފައިވަނީ މިއީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއް ކަމަށާއި، އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރާނެ ކަމަށެވެ. އަދި ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދާތީ އެކަމަށް ތައުރީފު ވެސް ކުރައްވާފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ވިންޓަރ ސީޒަނުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކާރުބާރޫ ބޮޑުވާ އެއް އެއަރޕޯޓެވެ. އެހެންކަމުން، މި ތައްޔާރީތަކުގެ ސަބަބުން ކުރިއަށް އޮތް ސީޒަނުގައި އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ރަނގަޅުވެ، ފަސިންޖަރުންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy