ވަޅިން ބިރުދައްކައި އަންހެނަކު ރަހީނުކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް

ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަހްތަރު

މާލޭގައި އަންހެނަކަށް ވަޅިން ބިރުދައްކައި ރަހީނުކުރި ހާދިސާގައި އަނިޔާވި އަހްތާރު ހޮސްޕިޓަލުން މިއަދު ދޫކޮށްލުމާ ގުޅިގެން، އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަން މިއަދު ވަނީ ފުލުހުން ހާމަކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ހިނގި މި ހާދިސާގައި އަންހެން މީހާއަށާއި އޭނާ ރަހީނުކުރި އަހްތާރަށް އަނިޔާވެ، ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދެވުނެވެ. އަހްތާރަށް އަނިޔާވެފައިވަނީ، އަންހެން މީހާ ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުންނެވެ. އެވަގުތު އޭނާ ދިޔައީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ، މަރާލާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދެމުންނެވެ.

ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިއްޔެ ދޫކޮށްލިއެވެ. އަދި އަހްތާރު ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް އަނެއްކާވެސް ފިރިހެން މީހާ ހޮޑުލާތީވެ، ރޭގެ ވަގުތެއްގައި އަލުން އައިޖީއެމްއެޗްގެ އޮބްޒަވޭޝަނަށް ގެންދިޔައެވެ. މިކަން ކުރީ އޭނާގެ ހާލަތު އިތުރަށް ބެލުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އޮބްޒަވޭޝަނަށްފަހު މިއަދު ހޮސްޕިޓަލުން އަހްތާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް މެސެޖްގައި ބުނެފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

26 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy