ގުޖުރާތުގައި ފެންބޮޑުވެ 35 މީހުން މަރުވެއްޖެ

ގުޖުރާތުގައި ފެންބޮޑުވުމުގެ ސަބަބުން އެތައްހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައި

އިންޑިއާގެ ގުޖުރާތު ސްޓޭޓަށް ފާއިތުވި ތިން ދުވަހުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހި  35  މީހުންނަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކުރި ގޮތުގައި، އެ ސްޓޭޓްގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 35 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ސަރުކާރުގެ ރަސްމީ އަދަދަކީ 28 މީހުންނެވެ.

ސަރުކާރު އޮފިޝަލުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މަރުވި މީހުންގެ ތެރެއިން 13 މީހުން މަރުވެފައިވަނީ ގެނބިގެންނެވެ. އަނެއްބައި މީހުން މަރުވެފައިވަނީ ގަސްތަކާއި ގެތައް ގައިމައްޗަށް ވެއްޓުމުގެ ސަބަބުންނެވެ. މި ވިއްސާރައިގެ ސަބަބުން ކޯރުތައް ފުރި ބަންޑުންވެ، 30,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.

ރިލީފް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އަސްކަރިއްޔާގެ އޮފިޝަލުން ވަނީ 1,800 އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފައެވެ. މި އޮޕަރޭޝަންތައް ކުރިއަށްދަނީ ދުވާލާއި ރޭގަނޑު މެދުކެނޑުމެއް ނެތި ކަމަށް އޮފިޝަލުން މަޢުލޫމާތު ދެއެވެ. އިތުރު ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ހުރިހާ ފަރާތްތަކަށް ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ސްޓޭޓުގެ ހުޅަނގު އައްސޭރިފަށަށް އިތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އަންގާފައެވެ. މިކަމުގެ ސަބަބުން އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ވަނީ އިންޒާރު ދީފައެވެ.

މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ވަޑޯދްރާ ސިޓީއަށެވެ. މި ސިޓީގައި ގިނަ އަދަދެއްގެ މަގުތައް ވަނީ ފެނު އަޑީގައެވެ. އަދި ގާތްގަނޑަކަށް 1,000 އަވަށަކުން ކަރަންޓު ކެނޑިގެން ގޮސްފައިވެއެވެ. މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރައްޔިތުން ބުނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy