ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން / ފޮޓޯ:ސިޓީ ކައުންސިލް
މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީން ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން ކައުންސިލުން ވަނީ މާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައެވެ. މިކަމަށްޓަކައި ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަން ފަށާފައެވެ.
މިގޮތުން ކައުންސިލުން ބުނެފައިވަނީ މާލޭގައި ގަވާއިދާ ޚިލާފަށް ހުއްދަ ނެތި ކާބޯތަކެތި ވިއްކަމުންދިޔަ ތަނެއް ހޯދައި، އެކަން އިމިގްރޭޝަނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހުރަވީ ގޯޅީގައި ގަވާއިދާ ޚިލާފަށް ގެސްޓްހައުސް ވިޔަފާރި ކުރަމުންދާތީ، އެތަން ޗެކުކުރިއިރު ސިނގިރޭޓާއި އެނަރޖީ ޑްރިންކް ވިއްކަމުންދާކަން ފާހަގަކުރެވި އިމިގްރޭޝަނަށް ރިޕޯޓު ކޮށްފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 3،322 ބިދޭސީން ޑީޕޯޓު ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް