ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރީގައި އެއްވެ އަޑުއުފުލުމުގެ ތުހުމަތުގައި ދެ އަންހެނުން ހައްޔަރުކޮށްފި

އެއްވެ އުޅުމުގެ ޤާނޫނާއި ހިލާފަށް އަމަލުކުރިކަމުގެ ތުހުމަތުގައި ދެ އަންހެނަކު މިއަދުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ގާނޫނާ ޚިލާފަށް އެއްވެ އަޑުއުފުލައި ސަފީރުންނަށް އުނދަގޫކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ދެ އަންހެނުން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. ޝަޒްރާ އިބްރާހީމް އާއި އާއިޝަތު ޝާދިޔާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުފަހު 1 ޖެހިއިރު ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށްފައިވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން، ޑިޕްލޮމެޓިކް މިޝަންތަކަށް ހުރަސްއެޅޭ ގޮތަށް ޢަމަލުތައް ބަހައްޓައި، ވަކި ސަފީރަކަށް އުނދަގޫކުރުމުގެ ޢަމަލުތަކެއް ހިންގަމުން ދިޔުމުން ސުލްހަވެރިކަމާއެކު އެ ސަރަޙައްދުން ދިއުމަށް އެންގުމުންވެސް އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެގޮތަށް ޢަމަލުތައް ނުބެހެއްޓުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމަށްފަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy