ފަސް ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ފުރުސަތު ހުޅުވާލައިފި

އައިސްޕްލާންޓު ޤާއިމު ކުރުމަކީ މިސަރުކާރުގެ ބޮޑު ވައުދެއް

މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ފަސް ރަށެއްގައި އައިސް ޕްލާންޓު ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިފިއެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މާލީ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އައިސް ޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ގދ. ރަތަފަންދޫ، އއ. ރަސްދޫ، ހއ. އިހަވަންދޫ، ހއ. ދިއްދޫ އަދި ށ. ކޮމަންޑޫގައެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 20 ވަނަ ދުވަހު ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވާލެވޭނެކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ އިންޓަރނޭޝަނަލް ބިޑިންގ އެންސީބީގެ އުސޫލުންނެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. އަދި ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހުގެ ތެރޭގައި ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000 ރުފިޔާ ނުވަތަ 16,213 ޑޮލަރު ދައްކަންޖެހޭނެއެވެ.

މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ޕްރޮޖެކްޓަކީ އެތައް އަހަރެއް ވަންދެން އިހުމާލުވެފައިވާ އައިސް ޕްލާންޓުތައް މަރާމާތުކުރުމުގެ އިތުރުން، މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy