އަލްއަޤްޞާ މިސްކިތުގައި ފައްޅިއެއް އަޅަން އިސްރާއީލުން އުޅޭ އުޅުން ސަޢޫދީ ޢަރަބިއްޔާއިން ކުށްވެރިކޮށްފި

އަލް އަޤްޞާ މިސްކިތުގެ ކޮމްޕައުންޑްގައި ހުންނަ ޑޯމް އޮފް ދަ ރޮކް މިސްކިތުގެ ކުރިމަތީގައި މީހުން ހުކުރު ނަމާދު ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރިޔާޟް (27 އޮގަސްޓް 2024) - އަލްއަގްސާ މިސްކިތުގައި ފައްޅިއެއް އެޅުމަށް ގޮވާލައްވާ، އިސްރާއީލުގެ ވަޒީރަކު ދެއްކެވި ވާހަކަތައް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން  ކުށްވެރިކޮށްފިއެވެ.

އިސްރާއީލުގެ ހަރުކަށި ސެކިއުރިޓީ މިނިސްޓަރު އިޓަމަރު ބެން-ގްވިރު، ޖެރޫސަލަމްގެ އަލް-އަޤްޞާ މިސްކިތުގައި ޔަހޫދީންނަށް ނަމާދުކުރުމުގެ ހުއްދަ ދޭންވާނެކަމަށް ތަކުރާރުކޮށް ގޮވާލުމާގުޅިގެން، މި ގޮވާލުމުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ މަސައްކަތަށް ހަލަބޮލިކަން އިތުރުކޮށްފައިވާކަމަށް ބުނެ، އިސްރާއީލަށް މިދަނޑިވަޅުގައިވަނީ ފާޑުކިޔުންތަކާ ކުރިމަތިވެފައިވެއެވެ.

އެ ތަނުގައި ފައްޅިއެއް އެޅުމުގެ ފުރުސަތު ލިބިއްޖެނަމަ އަޅާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބެން-ގްވިރު ޖަވާބުދެއްވީ "އާނ، އާނ" އެވެ. ފައްޅިއެއް އަޅާނެކަމަށެވެ.

ސައޫދީ ޢަރަބިއްޔާއިން މިފަދަ ހައްދުފަހަނައަޅާފައިވާ އަދި އަރައިރުންވުން އުފެދޭ ބަޔާންތަކާއި، ދުނިޔޭގެ މުސްލިމުންނަށް ކުރަމުންދާ ޕްރޮވޮކޭޝަންތަކާމެދު ކަނޑައެޅިގެން އިންކާރުކުރާކަން ސައުދީ ޢަރަބިއްޔާއިން ނެރުނު ބަޔާނުގައި، ބަޔާންކޮށްފައިވެއެވެ.

"އަލް-އަޤްޞާ މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އިޙްތިރާމްކުރަންޖެހޭކަން" ސައޫދީ ޢަރަބިއްޔާއިން އަލުން އޮޅުންފިލުވައިދީފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ އިންސާނީ ކާރިސާ ނިމުމަކަށް ގެނެސް، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އުސޫލުތަކާއި، ޤަރާރުތަކާ ޚިލާފަށް އިސްރާއީލުން ކުރަމުންދާ ކަންތައްތަކަށް ޒިންމާދާރުކުރުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލުން ސައޫދީ ޢަރަބިއްޔާއިން އަލުން ތަކުރާރުކޮށްފައިވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy