ރައީސް ޑރ މުޙައްމަދު މުޢިއްޒު
ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް މިއަދުން ފެށިގެން އެއްކޮށް ކަނޑާލަން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުމާއި ހިލާފު ނިންމުމެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
ބީއެމްއެލްއިން މިއަދު ހެނދުނު އާންމުކުރި ބަޔާނެއްގައި ބުނީ ޑެބިޓް ކާޑްތަކުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވެސް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ބުންޏެވެ. އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެ އިން ބޭރުން ކުރެވޭ މުއާމަލާތް 100 ޑޮލަރަށް ވަނީ ދަށްކޮށްފަ އެވެ.
ނަމަވެސް ބީއެމްއެލް އިން މިއަދު ހަވީރު ވަނީ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލާފައިވާކަން ހާމަކޮށްފަ އެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލުން މިއަދު އަމަލުކުރީ ސީދާ ރައީސް މުއިއްޒު އެކަން އެގޮތަށް ނުކުރަން އަންގަވާފައިވަނިކޮށް ކަމަށެވެ. އަދި މި ސަރުކާރަށް ވާރުތަވި ކަންކަން އެއީ ހުއްޖަތަކަށް ހެދުމަށްފަހު، ރާއްޖެއިން ބޭރުގައި ތިބޭ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ނުލިބި، އޮންލައިންކޮށް ޓްރާންސެކްޝަން ހަދާ ފަރާތްތަކަށް ލިމިޓޭޝަނެއް އައުމަކީ ރައީސް ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.
ބީއެމްއެލް އިން ކާޑުގެ ލިމިޓަށް މިއަދު ބަދަލު ގެނައީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އެކަމާ ގުޅިގެން ރައީސް މުއިއްޒު މިއަދު ބީއެމްއެލްގެ ސީއީއޯއާ ވާހަކަދެއްކެވި ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"ހަމަ އެގޮތަށް ގަވަރުނަރާއި ފިނޭންސް މިނިސްޓަރު ވެސް ވާހަކަ ދެއްކެވި، އަދި ބޭންކުގެ ޕްރައިވެޓް ޝެއާ ހޯލްޑަރުން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު އާއި ޗަމްޕާ މުހައްމަދު މޫސާ [އުއްޗު] އާއި ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ޕްރައިވެޓް ހިއްސާދާރުންގެ ފުރިހަމަ އެއްބާރުލުމާއި އެއްކޮށް، އަޅުގަނޑުމެން ދިވެހިންގެ ބޭންކު ރެސްކިއު ކުރުމަށްޓަކާ، ދިވެހިންގެ ބޭންކަށް އިތުރު ކުރިއެރުން ހޯދައިދިނުމަށްޓަކާ އެކުގައި ކުރެވޭ މަސައްކަތެއް މިއީ،" ސައީދު ވިދާޅުވި އެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް