ބީއެމްއެލްއިން ރުފިޔާ އެކައުންޓްތަކުގެ ޑެބިޓް ކާޑުތަކުން ބޭރުގެ މުއާމަލާތް ހުއްޓާލައިފި

ބޭންކުން ކާޑުގެ ލިމިޓަށް މިބަދަލު މިގެނައީ މި ނޫންއެހެންގޮތެއް ނެތިގެންކަމަށް ވިދާޅުވި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. އަދި ކްރެޑިޓް ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭނެ އަދަދު މަހަކު 100 ޑޮލަރަށް ދަށްކޮށްފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ރައިންހޯލްޑް ވިދާޅުވި ގޮތުގައި، މި އަހަރު ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ 60 މިލިއަން ޑޮލަރު ނަމަވެސް، ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑެވެ. ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ވަރަށް ބޮޑަށް ދަށްވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކާލް އިތުރަށް ވިދާޅުވީ:

- ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން

- ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ

- ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑޮލަރު އެކައުންޓާ ގުޅިފައިވާ ޑެބިޓް ކާޑުތަކުން ކުރިއެކޭ އެއްގޮތަށް މުއާމަލާތްތައް ކުރެވޭނެ

- ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރާ ކަމަށް

މި ބަދަލާ ގުޅިގެން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށްވެސް އަސަރުކުރާނެއެވެ. ކުރިން މި ދަރިވަރުންނަށް 750 ޑޮލަރާ ހަމައަށް ބޭންކުގެ ރުފިޔާ ޑެބިޓް ކާޑުން މުއާމަލާތް ކުރެވުނު ނަމަވެސް، މިހާރު އެ ފުރުސަތު ގެއްލިގެން ދާނެއެވެ.

ކާލް ވިދާޅުވި ގޮތުގައި މިއީ ކަސްޓަމަރުންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ބަދަލެއް ނަމަވެސް، މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެކެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy