ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުތަކުގެ ޒިންމާއެއް
ރައްކާތެރި ނޫން ގޮތަކަށް ކާބޯތަކެތި ތައްޔާރު ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރަން ހެލްތު މިނިސްޓްރީން ހާއްސަ ފޯނު ނަމްބަރެއް ކަނޑައަޅައިފި އެވެ.
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްކާތެރި ނޫން ކާނާ ތައްޔާރު ކުރާ ފަރާތްތަކާއި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް އޮތް ވެއްޓެއްގެ މައްސަލަތައް ރިޕޯޓު ކުރަން ހާއްސަ ނަމްބަރުތަކެއް ހާމަ ކުރައްވައިފަ އެވެ.
"މި ނަންބަރު ތަކަށް ފޮޓޯ އަދި ވީޑިއޯ ރިޕޯޓް ކޮށްދެއްވާ!" މިނިސްޓަރު ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ރިޕޯޓު ކުރަން ޖެހެނީ 7603204 އަށެވެ. އަދި އާންމު ސިއްހަތާ ގުޅޭ ޝަކުވާތައް ހުށަހަޅަން ޖެހެނީ 7960212 އަށެވެ.
ފަހަކަށް އައިސް ނުތާހިރު ތަންތަނުގައި ކާބޯތަކެތި ތައްޔާރު ކުރާ ވަރަށް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގާނޫނަށް އިއްޔެ އަމަލު ކުރަން ފެށުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އުފައްދަވައިފަ އެވެ. އާ ގާނޫނުގެ ދަށުން އެފަދަ ތަންތަން ހުއްޓުވުމާއި ފިޔަވަޅު އެޅުމުގެ އިތުރުން ކާބޯތަކެތި ތައްޔާރު ކުރުމާ ބެހޭ ވަރުގަދަ އުސޫލުތައް ހެދުމުގެ ގާނޫނީ ބާރުވެރިކަން ހެލްތު މިނިސްޓްރީ އަށް ލިބެ އެވެ.
އެގޮތުން އެ ގާނޫނާ ހިލާފުވެއްޖެ ނަމަ، ޖިނާއީ ދައުވާކުރުމާއި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އޮވެ އެވެ. މިހާރު އެ ކަންކަން ބަލަމުން އަންނަ އާންމު ސިއްހަތުގެ ގާނޫނުގައި އޮންނަނީ އެންމެ ބޮޑުވެގެން ވެސް 10،000ރ. ގެ ޖޫރިމަނާއެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް