މަޖިލިސް މިދައުރު ނިންމާފަ ޗުއްޓިއަށް ދިޔައީ ގިނަ މަސައްކަތްތަކެއް ނިންމާފަ / ފޮޓޯ:މަޖިލިސް
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިމި، މަޖިލީހުގެ މެންބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފައެވެ.
މި ދައުރުގައި މަޖިލީހަށް ހުށަހެޅުނު 23 ބިލުގެ ތެރެއިން 11 ބިލުގެ މަސައްކަތް ވަނީ ނިންމާފައެވެ.
މަޖިލީހުގެ އިދާރާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މެއި 28 އިން އޮގަސްޓް 22 އަށް ހިނގި މި ދައުރުގައި މަޖިލީހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 23 ބިލު ހުށަހެޅި، 11 ބިލުގެ މަސައްކަތް ނިންމާފައިވާއިރު، 12 ބިލު ވަނީ ކޮމިޓީ މަރުހަލާގައެވެ.
މީގެ އިތުރުން، ރިޔާސަތުން ހުށަހެޅުއްވި 13 މައްސަލައަކާއި، ސަރުކާރުން ހުށަހެޅުއްވި 9 މައްސަލައަކާއި، 9 ކުއްލި މައްސަލައެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި އެހެނިހެން މައްސަލަތަކާ ގުޅިގެން ހުށަހެޅުނު 9 ރިޕޯޓުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. މި ދައުރުގައި ވަޒީރުންނާ ސުވާލުކުރުމަށް 12 ސުވާލު ހުށަހަޅައި، އެ ސުވާލުތަކަށް ޖަވާބު ހޯދާފައިވެއެވެ.
މުޅި ޖުމްލަ މި ދައުރުގެ ތެރޭގައި 82.9 އިންސައްތަ މަސައްކަތް މަޖިލީހުން ވަނީ ނިންމާފައެވެ. އަދި 76 މަސައްކަތް ނިމިފައިވާއިރު، ނުނިމި ހުރީ 63 މައްސަލައެވެ. މި ދައުރުގެ ތެރޭގައި 33 ޖަލްސާއެއް ބާއްވައި، އެ ޖަލްސާތަކަށް 75 ގަޑިއިރު ހޭދަކޮށްފައިވެއެވެ.
ފާސްކުރެވުނު މުހިންމު ބިލުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނެއެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ފޮރިން އިންވެސްޓްމަންޓްގެ ބިލާއި، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އަދި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފަށާނީ އޮކްޓޫބަރު މަހުއެވެ. އެގޮތުން ފުރަތަމަ ޖަލްސާ ބާއްވާނީ އޮކްޓޫބަރު މަހުގެ ތިނެއް ނުވަތަ ހަތެއްގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް