ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހުމާ ގުޅިގެން ފެންބޮޑުވެ 15 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ މިލިއަނަރަކަށްވުރެ ގިނަމީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވޭ

ބަންގްލަދޭޝަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ ފަނަރަ މީހުން މަރުވެއްޖެއެވެ.

އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެފައިވަނީ ފެންބޮޑުވުމާ ގުޅިގެން ބައެއް ރަށްތަކުގައި ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތިން މިލިޔަނަށް ވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށެވެ.

ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން މިހާރު ދަނީ ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަން މަސައްކަތް ކުރަމުންނެވެ. ބަންގްލަދޭޝްގެ ފެންބޮޑުވުމާ ގުޅޭ އިންޒާރު ދޭ މަރުކަޒު (އެފްއެފްޑަބްލިޔުސީ)އިން ބުނެފައިވަނީ ކުރިއަށް އޮތް 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް އެ ޤައުމުގެ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އިތުރު ސަރަޙައްދުތަކެއްގައި ފެންބޮޑުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ފޭނީ، މޯލޯބީބާޖާރު، ހޯބީގޮންޖް، ކުމިއްލާ އަދި ޗޮއްޓޮގްރާމް ހިމެނެއެވެ. މި ސަރަޙައްދުތަކުގައި ކޯރުތަކުގެ ފެންގަނޑު ބަންޑުންވެ، މަގުތަކާއި ހަލިމަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ރައްޔިތުން ބުނެފައިވަނީ ފާއިތުވި 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިފަދަ މަންޒަރެއް ފެނިފައި ނުވާ ކަމުގައެވެ.

ވޯލްޑް ބޭންކުން 2015 ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝަށް ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހުމާ ގުޅިގެން ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ 3.5 މިލިޔަނެއްހާ މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

30 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy