ތިލަފިށީގައި ރޯވި އަލިފާންގަނޑު ނިންވާލުމުގައި ސިފައިން ވަނީ ހަރަކާތްެރިވެފައި / ފޮޓޯ:އެމްއެންޑީއެފް
ކ. ތިލަފުށީގައި ހުރި މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގާ، އެ ހާދިސާގައި ދިވެއްސަކު ފިހި ހޮސްޕިޓަލުން ފަރުވާ ދޭންޖެހިއްޖެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި، އަލިފާން ރޯވެފައިވަނީ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ތިލަފުށީ ފަޔާ ސެންޓަރުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ.
މި ހާދިސާގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތުން ވަރަށް ބޮޑަށް އަލިފާން ރޯވެ، ކަޅު ދުން އުދުއްސަށް އަރަމުން ދިޔައެވެ. އަދި އަލިފާންގަނޑު ކައިރީގައި ހުރި އެހެން އިމާރާތްތަކަށް ވެސް ފެތުރެމުންދާ މަންޒަރު ފެނުނެވެ.
އެމްއެންޑީއެފްއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އެއް ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް އޭނާގެ ހާލަތާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު އަދި ސާފުވެފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ސަބަބު ބަލައި ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް