ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް
މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުދޭގޮތަށް ހަދާފައިވާ އުސޫލުތައް ބަދަލުކުރުމަށް ސަރުކާރުގެ އިދާރާތަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ ދ. ހުޅުދެލީ ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ޑިސްކޮލިފައި ކުރި މައްސަލައެއް ރޭ ފެންމަތިވުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅޭ ގޮތުން ރައީސް މުއިއްޒު އާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިއަދު އެކަން ކުށްވެރިކުރައްވައިފަ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާ ނަމަ، އެ މީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި މޫނު ބުރުގާ އަޅާ މީހުންނަށް ތަފާތުކުރަން ކުރީގައި ހަދައި އަދިވެސް އަމަލުކުރަމުންދާ ހުރިހާ ގަވައިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ،" ރައީސް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް އެކްސްގައި ލިޔުއްވާފައިވަނީ މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަހުރޫމްވާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ތަހުޒީބު މުޖުތަމައެއް ބިނާކުރެވޭނީ އެންމެންނަށް ހައްގުތައްދީގެން ކަމަށް ވިދާޅުވެފައިވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް