އެޗްޑީސީން ވަގުތީ ޕާކިންގ ބިމެއް ޓްރާންސްޕޯޓް މިނިސްޓްރީއާ ޙަވާލުކޮށްފި

މިނިސްޓަރު އަމީނާއި އެޗްޑީސީގެ އެމްޑީ ފަޒުލް / ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކޮށް ހުރި އަދި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކަށް ވަގުތީ ޙައްލެއްގެ ގޮތުން ޕާކުކުރާނެ ބިމެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި ބިން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނާ ހަވާލުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ފަޟުލް ރަޝީދެވެ. މި ބިމަކީ ހުޅުމާލެ ފޭސް 2 ގައި އެމްއޭސީއެލް ފްލެޓްތަކުގެ ކުރިމަތީގައިވާ 40,000 އަކަފޫޓުގެ ހުސްބިމެކެވެ. މި ބިމުގައި ގާތްގަނޑަކަށް 200 އެއްގަމު އުޅަނދު ޕާކުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބިން ހަވާލުކޮށްފައިވަނީ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތަކާއި، ހުޅުމާލޭގެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށެވެ.

މިނިސްޓަރު އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރުމަށް 40 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ސަރުކާރުން ކަނޑައަޅާ ސަރަހައްދަކަށް ގެންދަންޖެހޭނެއެވެ. އަދި 6 މަސްދުވަހުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރީ ރަނގަޅުކުރަންޖެހޭނެއެވެ.

މި ފިޔަވަޅަކީ މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށް އަޅާފައިވާ ފިޔަވަޅެކެވެ. މިކަމުން މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުވެ، މަގުތައް ތޮއްޖެހުން ކުޑަވާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މި ވަގުތީ ޙައްލާއެކު، އުޅަނދު ވެރިންނަށް އެމީހުންގެ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މިއީ މާލޭގެ ޕާކިންގ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

23 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy