މިފްކޯއިން މަސްވެރިން ނަށް ވަރަށް ގިނައެހީތައް ފޯރުކޮށްދޭ
މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން މާދަމާ ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރަން ނިންމައިފި އެވެ.
މިފްކޯއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ސްޓޮކް ހުސްވަންދެން މި ޚިދުމަތް ދޭނެ ކަމަށެވެ.
ރާއްޖެއަށް ކުރި ވިއްސާރައާ ގުޅިގެން މަސްވެރިންގެ ކޭޝް ފްލޯއަށް ބުރޫއަރާފައިވާތީ، މަސް އޮޑިތަކަށް ބޭނުންވާ އައިސް އަދި ތެޔޮ ހަމަޖައްސައިދިނުމަށް މަސްވެރިން އެދިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު މި ނިންމުން ނިންމީ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ހުޅަނގުގެ ވިއްސާރައާ ގުޅިގެން އާންމުކޮށް މަސްވެރިކަން ދަށްވެއެވެ. މިދިޔަ ދުވަސްތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. މިފްކޯއިން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ މި ދަނޑިވަޅުގައި މަސްވެރިންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް