ހޮޅުދޫ ކުޅިބައިގެ އެެއްވަނަ ކުޅުންތެރިއަކީ ޔަހޭ
ހޮޅުދޫ ކުޅިބައި 2024 ގެ ފަޚުރުވެރި އެއްވަނަ، ނ.ހޮޅުދޫ މާވަޑިގެ ޔަޙްޔާ މަބްރޫކު (ޔަހޭ) ހޯދައިފިއެވެ.
ޔަހޭ އަކީ ވަރަށް ކުރިންސުރެ ޗެސް ކުޅެމުން އައި ފަރާތެކެވެ. ޔަޙޭ މި މުބާރާތް ކާމިޔާބު ކުރީ ވާދަވެރި މެޗްތަކަކަށްފަހު ބައްދަލު ކުރި 7 މީހުންވެސް ބަލިކޮށްފައެވެ.
ޔަޙްޔާއަށް މި މުބާރާތުގައި ޖުމްލަ 6 ޕޮއިންޓް ލިބުނެވެ. މުބާރާތުގެ ދެވަނަ އަށް ހޮވުނު އަޙުމަދު ފަޒީންވެސް 6 ޕޮއިންޓް ހޯދިއެވެ. ނަމަވެސް ޔަޙްޔާ އެއްވަނަ އަށް ހޮވުނީ ޓައި ބްރޭކްއިން ޕޮއިންޓް މަތިވެގެންނެވެ.
ވަނަވަނައަށް ހޮވުނު ފަރާތްތައް:
ޔަޙްޔާ މަބްރޫކް
އަޙުމަދު ފަޒީން
ޢަބްދުﷲ ނިއުޝާދު
އެއްވަނައަށް ހޮވުނު ފަރާތްތަށް ލިބުނު އިނާމުތައް:
2000 ރުފިޔާގެ ފައިސާގެ އިނާމެއް.
މޮރޯ މޯލްޑިވްސް ދިއްފުށި ގެސްޓްހައުސްގައި ދެ ދުވަހުގެ ހުރުމާއި ކެއުން (2 މީހަކަށް) - ދެކޮޅު ޓިކެޓާއެކު (މާލެ-ދިއްފުށި-މާލެ)
ހަސަނިކޯ އާޓްސްގެ ފަރާތުން ހަދިޔާ ކުރި ޓްރޮފީ
ފްލައިން ފިޝްގެ ފަރާތުން 1 ޓިކެޓް (މާލެ - ހޮޅުދޫ - މާލެ)
ދެވަނަ އަށްހޮވުނު ފަރާތްތަށް ލިބުނު އިނާމުތައް:
1000 ރުފިޔާގެ ފައިސާގެ އިނާމު
ހަސަނިކޯ އާޓްސްގެ ފަރާތުން ހަދިޔާ ކުރި ޓްރޮފީ .
ތިންވަނައަށް އަށްހޮވުނު ފަރާތްތަށް ލިބުނު އިނާމުތައް:
500 ރުފިޔާގެ ފައިސާގެ އިނާމު .
ބައިވެރިންގެ ފަރާތުން މި ފަހަރު ލިބުނު ބޮޑު ތަރުޙީބަށް ބަލާއިރު އަންނަ އަހަރުވެސް މި މުބާރާތް ރަނގަޅު ފެންވަރެއްގައި ބޭއްވުމަށް ވަނީ އިޢުލާންކޮށްފައެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެތައް ބައެއްގެ އެހީތެރިކަމާއެކުއެވެ. އެ ހުރިހާ ފަރާތްތަކަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް