މޯލްޑިވިއަން މެދުވެރިކޮށް ގިނަބަޔަކު ބަންގްލަދޭޝްއަށް ދަތުރުކުރޭ / ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަނުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައިވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ހާމަކޮށްފިއެވެ.
މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ ބަންގްލަދޭޝްގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.
ބަންގްލަދޭޝަށް ކުރަމުން އައި ދަތުރުތައް އަލުން ފެށިކަމުގައި ވިޔަސް، ފްލައިޓްތަކުގެ އަދަދު ވަނީ މަދުކޮށްފައެވެ. މިގޮތުން، ކުރިން ހަފްތާއަކު 2 ދަތުރު ކުރަމުން ދިޔަ ނަމަވެސް، މިހާރު ކުރަނީ ހަފްތާއަކު އެންމެ ދަތުރެއްކަމަށް މޯލްޑިވިއަނުން މަޢުލޫމާތު ދީފައިވެއެވެ.
ބަންގްލަދޭޝަކީ މޯލްޑިވިއަނުން ދަތުރުކުރަމުންދާ ބައިނަލްއަޤްވާމީ މަދު މަންޒިލްތަކުގެ ތެރެއިން މަންޒިލެކެވެ. މިހާރު މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް ކުރަމުންދަނީ ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރަށެވެ.
މި ބަދަލާއެކު، ދަތުރުވެރިންނަށް އަނެއްކާވެސް ބަންގްލަދޭޝަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ނަމަވެސް ދަތުރުތަކުގެ އަދަދު މަދުވުމާ ގުޅިގެން ޓިކެޓް ހޯދުމަށް ދަތިތަކެއް ކުރިމަތިވެދާނެކަން ފާހަގަކުރެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް