ރާއްޖޭގައި ލޭނު މަސްވެރިކަން ހުއްދަކުރުމާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ރައްޔިޔުންގެ މަޖިލހުގެ ޖަލްސާއެއް ކުރިއަށް ދަނީ / ފޮޓޯ:މަޖިލިސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދޭން އުޅޭތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. މައްސަލައަށް ބަހުސްކުރުމަށް ވޯޓަށް އެހުމުން 47 މެންބަރުން ވޯޓުދިނީ އެއާ ދެކޮޅަށެވެ. މައްސަލައާ އެއްކޮޅަށް ވޯޓުދިނީ 11 މެންބަރުންނެވެ. ވަކި ކޮޅަކަށް އެއް މެންބަރަކު ވޯޓެއް ނުދެއެވެ.

މައްސަލައާ ދެކޮޅަށް ވޯޓުދިނީ ޕީއެންސީގެ 46 މެންބަރުންނާއި ޖޭޕީގެ މެންބަރު ގާސިމް އިބްރާހީމެވެ. އެއްކޮޅަށް ވޯޓުދިނީ އެމްޑީޕީގެ 10 މެންބަރުންނާއި މިނިވަން މެންބަރު އަބްދުއްރަހްމާނެވެ. ޕީއެންސީގެ ތިން މެންބަރަކު ޖަލްސާއަށް ހާޒިރުވި ނަމަވެސް ވޯޓުގައި ބައިވެރިނުވިއެވެ.

ކުއްލި މައްސަލަ ހުށަހަޅަމުން ޒާކިރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ނިންމި ނަމަވެސް އެކަން ތަންފީޒުނުކުރީ މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެ ގެއްލުމުގެ ސަބަބުންނެވެ. އޭނާ ވިދާޅުވީ ލޭނު މަސްވެރިކަމުގެ ސަބަބުން ކަނޑުގެ ދިރުންތައް ހަލާކުވެ، ނެތިދިއުމުގެ ބިރު ހީވެފައިވާ އެތައް ދިރުންތަކެއް ވެސް ޝިކާރައަކަށްވާނެ ކަމަށެވެ.

ރާއްޖެއަށް ލިބޭނެ މަސްވެރިކަމުގެ ކޯޓާ ކުޑަވެދާނެ ކަމަށް ބަލައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި ކަމަށް ބުނެ، ލޭނު މަސްވެރިކަން ރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ މާޗު މަހު ނިންމާފައިވެއެވެ. މި މަހުގެ 15ގައި އެކަމާ ގުޅޭ ގަވައިދެއް އެކުލަވާލައި ފިޝަރީޒް މިނިސްޓްރީން ވަނީ އާންމުންގެ ހިޔާލަށް ހުޅުވާލާފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

55 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy