ތައިލޭންޑުގެ އާ ބޮޑުވަޒީރު މަޤާމުގެ ހުވާ ކުރައްވައިފި

ތައިލޭންޑުގެ އާ ބޮޑުވަޒީރު ޕައެޓޮންޓާން ޝިނަވާޓް

ތައިލޭންޑުގެ އާ ބޮޑުވަޒީރުގެ ގޮތުގައި، އުމުރުން 37 އަހަރުގެ ޕައެޓޮންޓާން ޝިނަވާޓް، މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

ހުވާ ކުރެއްވީ ބެންކޮކްގައި ހުންނަ ޕުއަ ތައި ޕާޓީގެ މައި މަރުކަޒުގައެވެ. ޕައެޓޮންޓާން އަކީ ކުރީގެ ބޮޑުވަޒީރު އަދި ބިލިއަނަރ ތަކްސިން ޝިނަވާޓްގެ އެންމެ ހަގު ދަރިކަނބަލުންނެވެ.

ޕައެޓޮންޓާން ބޮޑުވަޒީރުކަމަށް ހޮވުނީ ޤާނޫނު ހަދާ މަޖިލީހުން ވޯޓު ނެގުމަށްފަހު، ރަސްގެފާނުގެ ރުހުން ލިބުމާ ގުޅިގެންނެވެ. މަޤާމުގެ ހުވާ ކުރެއްވުމަށްފަހު އޭނާ ވަނީ ރަސްގެފާނަށާއި، ތައިލޭންޑުގެ ރައްޔިތުންނަށާއި އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަޤާމުގެ މަސްއޫލިއްޔަތު ވިސްނުންތެރިކަމާއެކު އަދާކުރައްވާނެ ކަމަށާއި، ތައިލޭންޑުގެ ރައްޔިތުންނަކީ އަމިއްލަ ހުވަފެން ދެކެވޭ، އުފެއްދުންތެރި އަދި އެމީހުންގެ އަމިއްލަ މުސްތަޤްބަލު ކަނޑައެޅޭނެ ބަޔަކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޕައެޓޮންޓާން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ ކުރީގެ ބޮޑުވަޒީރު ސެތާ ތަވިސިންގެ މަޤާމު ގެއްލުނު ދަނޑިވަޅެއްގައެވެ. ތަވިސިންގެ މަޤާމު ގެއްލުނީ 2008 ވަނަ އަހަރު ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ޤާނޫނީ ވަކީލަކު އޭނާގެ ކެބިނެޓްގެ މިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކުރުމާ ގުޅިގެން، ބޮޑުވަޒީރުގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު ފަހަނައަޅާ ދިޔަކަމަށް ބުނެ، އެންމެ މަތީ ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

46 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy