ހާރިޖީ ވަޒީރު މޫސާ ޒަމީރު
ހާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރައީސް މުހައްމަދު މުއިއްޒު، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް ފޮނުއްވާފައިވާ ޚާއްޞަ ސިޓީއެއް ރައްދުކުރުމެވެ.
ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ދަތުރަކީ ސައުދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އަލް ސައުދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރެކެވެ. ފަސް ދުވަހަށް ރޭވިފައިވާ މި ދަތުރުގައި، ދެ ޤައުމުގެ ގުޅުމާއި ކުރިއަށް އޮތްތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި އެމްއެމްއޭގެ އައު ގަވަރުނަރު އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހާރިޖީ ވުޒާރާއިން ބުނެފައިވީ ނަމަވެސް، އޭނާ ސައުދީއަށް ފުރާވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގައި ކަމަށް ވަނީ އެނގިފައެވެ.
މީގެ އިތުރުން، ހާރިޖީ ވަޒީރުގެ މި ދަތުރުގައި ސައުދީ ސަރުކާރާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމާއި، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި އެ މީހުންގެ ހާލު ބެއްލެވުން ހިމެނެއެވެ.
މި ދަތުރުގައި އެމްބެސެޑަރ އެޓް ލާޖު އަޙްމަދު ނަސީރާއި، އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު އަދި ޑިރެކްޓަރު ޖެނެރަލް އައިޝަތު ފަރީނާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް