ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ވ. އާރަށް މައްސަލަ އާއި ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.
ކޯޓުން މައުލޫމާތު ދިންގޮތުގައި ފުއްގިރި މައްސަލައިގެ ޝަރީއަތް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އަދި އާރަށް މައްސަލައިގެ ޝަރީއަތް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. މި ދެ މައްސަލަ ވެސް ބައްލަވާނީ ގާޒީ އަލީ ނަދީމެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ބުނެއެވެ. އަދި އާރަށް މައްސަލައިގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެންނެވެ.
އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރިން އަންގާފައިވެ އެވެ. އެކަމާ ގުޅިގެން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފްކޮށްފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް