ސްވިޑެނުން އެމްޕޮކްސް ފެނުމުން ވިލާތުގައި ނުރައްކަލުގެ ހާލަތު މަތިކޮށްފި

ފަހަކަށް އައިސް ޕާކިސްތާނުންވެސް އެމްޕޮކްސް ބަލީގެ ކޭސްތަކެއް ފާހަގަކުރެވިފައިވެއެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ޖެހިފައިވާ މީހަކު ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ޤައުމެއް ކަމުގައިވާ ސްވީޑަނުން ފެނުމާ ގުޅިގެން، ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އީސީޑީސީ) އިން ވަނީ ޔޫރަޕްގައި އެމްޕޮކްސްގެ ނުރައްކަލުގެ ހާލަތު މަތިކޮށްފައެވެ.

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އެމްޕޮކްސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ބިރު އޮތުމާއެކު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ދުނިޔޭގައި ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ. މީގެ އިތުރުން، އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ވެސް ވަނީ އެފްރިކާ ބައްރުގައި ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

އެމްޕޮކްސްގެ ނުރައްކަލުގެ ހާލަތު މަތިކުރުމާ ގުޅޭގޮތުން އީސީޑީސީން ބުނެފައިވަނީ، ބޭރު ޤައުމުތަކަށް ދަތުރުކުރުމަށްފަހު އެނބުރި ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް އަންނަ މީހުންގެ ފަރާތުން ކުރިއަށް އޮތް ހަފުތާތަކުގައި ބަލީގެ އަސަރު ފެންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ކަމާ ގުޅިގެން އީސީޑީސީން ވަނީ އެމްޕޮކްސްގެ ނުރައްކަލުގެ ހާލަތު މެދުމިނުގެ ހާލަތަށް މަތިކޮށްފައެވެ. އަދި، ބަލި ފެތުރެމުންދާ ސަރަޙައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ މީހުން ޓެސްޓުކުރުމަށް ވެސް އީސީޑީސީން ވަނީ މެންބަރު ޤައުމުތަކަށް އަންގާފައެވެ.

އެފްރިކާ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ގުޅުމުގެ ސަބަބުން، ކްލޭޑް 1 [އެމްޕޮކްސްގެ ވޭރިއެންޓް] ގެ ކޭސްތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމަށް ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމުގައި ޔޫރަޕިއަން ސެންޓަރ ފޮރ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) ގެ ޑިރެކްޓަރ ޕެމެލާ ރެންޑީ ވާގްނަރ ވިދާޅުވިއެވެ.

ފަހަކަށް އައިސް ޕާކިސްތާނުންވެސް އެމްޕޮކްސް ބަލީގެ ކޭސްތަކެއް ފާހަގަކުރެވިފައިވެއެވެ. މި ބަލި އެ ޤައުމުގައި ފެނިފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ދަތުރުކޮށްފައި އެނބުރި އައި ބައެއްގެ ކިބައިންނެވެ. ޕާކިސްތާނުގައި މިހާތަނަށް އެއް ކޭސް ވަނީ ކަށަވަރުކުރެވިފައެވެ. އިތުރު ފަރާތްތަކެއް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ޚައިބަރް ޕަޚްތުންޚާ ޕްރޮވިންސްގެ ޞިއްޙީ އިދާރާއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އެ ޤައުމުން ފެނުނު އެމްޕޮކްސްގެ ވޭރިއެންޓް ދެނެގަތުމަށްޓަކައި ތަހުލީލުތައް ކުރިއަށްދާކަންވެސް ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މާހިރު ޑރ. މާގަރެޓް ހެރިސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފުތާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލީގެ އިތުރު ކޭސްތައް ފާހަގަކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މިކަމާ ގުޅިގެން އެއްވެސް ޤައުމަކަށް ދަތުރުކުރުން މަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަކަށް އެ ޖަމްޢިއްޔާއިން ނުދެކެއެވެ.

އެމްޕޮކްސް ފެތުރިދާނެ ކަމަށް ބަލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. ޗައިނާއިން ބުނީ, ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ ޤައުމަށް އެތެރެވާ ހުރިހާ މީހުން ޓެސްޓު ކުރަން ނިންމާފައިވާ ކަމުގައެވެ. އަދި, އެ ޤައުމަށް އެތެރެ ކުރާ މުދާ ޓެސްޓު ކުރުމަށް ވެސް މަސައްކަތްތަކެއް ފަށާނެ ކަން ޗައިނާއިން ވަނީ އިޢުލާނު ކޮށްފައެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

29 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy