މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރަނީ
މާލޭގައި ފަޅަށް ހުންނަ ގެއެއް ކަމަށްވާ އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް ބަދަލުވެފައިވާ މ. ރަބީޢުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށައިފިއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މަސައްކަތް ފެށީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެގުމަކަށް، އެ މަނިކުފާނުގެ އެންގެވުމުގެ މަތިންނެވެ. މި މަސައްކަތް ކުރަނީ ޕަބްލިކް ވަރކްސްއިންނެވެ.
ފަސް ފަންގިފިލާގެ މި ގެއަކީ ވަރަށް ގިނަ ދުވަސްވީ ބާ އިމާރާތެކެވެ. މި ގެ ހުރީ މީހުން ދިރިއުޅެން ހެޔޮނުވާވަރަށް ބައުވެފައެވެ. އެގޮތަށް ހުއްޓައި މިއަހަރުގެ އޭޕްރީލް މަހު މި ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެ، އިތުރަށް ގެއްލުން ލިބުނެވެ. އަދި މެއި މަހު ވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވެސް މި ގެއިން ފެނިފައެވެ. އެ މީހާ މަރުވީ ޑްރަގް އޯވަޑޯސްވެގެން ކަމަށް ބެލެވެއެވެ.
މާލޭގައި ފަޅަށް ހުންނަ ބާ އިމާރާތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. މިފަދަ ގެތަކުގައި އަލިފާނުގެ ހާދިސާތައް އެކި ފަހަރު މަތިން ހިނގާފައިވެއެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ ހަފުތާގައި މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، މާލޭގައި މިގޮތަށް ފަޅަށް ދޫކޮށްލައިފައި ހުރި ބާ އިމާރާތްތައް އަވަހަށް ތަޅާލުމަށް ބޭނުންވާ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރަބީޢުވިލާ ތަޅާލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ރައީސް ނިންމެވުމުގެ މައިގަނޑު ސަބަބަކީ އެ ގެ ހުރި ހާލަތުން އެ ސަރަހައްދުގައި އުޅޭ މީހުންނާއި އެ ގެ ހުންނަ ތަނުން ދަތުރުފަތުރުކޮށް އުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް