މިދުވަސްކޮޅު ރާއްޖޭގެ ހުރިހާ ކަނޑުތަކެއްވެސް ވަރަށް ގަދަ
މިރޭވެސް މޫސުން ގޯސްވާނެކަމަށް ބަލާ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮފީހުން 11 އަތޮޅަކަށް ރީދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މިފަހަރު ރީދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހިމެނޭ (ހއ. ހދ. ށ. ނ. ރ. ބ. ޅ. ކ. އއ. އދ. ވ) އަތޮޅުތަކަށެވެ. އަދި ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ.
މެޓު އޮފީހުން ވިދާޅުވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ. އަދި މި ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓުއޮފީހުން ވަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށް އެކި ފަހަރު މަތިން ސަމާލުތައް ނެރެފައެވެ.
މެޓް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ޖެހެމުންދާ ބާރުވައި މަޑުވާން ފަށާނީ މިއަންނަ އަންގާރަދުވަހުން ފެށިގެނެވެ. މިހާރު ރާއްޖޭގެ ގިނަ ސަރަހައްދު ތަކަކަށް ވާރޭ ނުވެހުނު ނަމަވެސް ގިނަ އަތޮޅުތަކަކަށް ވަރަށް ބާރަށް ވައި ޖެހެމުންދެއެވެ.
މިހެންކަމާއިއެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް ހަނދާންކޮށްދީ އިލްތިމާސް ކުރަމުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް