ލޭނު މަސްވެރިކަމުގެ ސިޔާސަތު ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް ގޮވާލައްވައިފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު

ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް އަދުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ދޫކޮށްލަން ޖެހޭކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަމެއް އޮތުމަށް ލޭނުއެޅުމުގެ މަސްވެރިކަން ހިފެހެއްޓިފައި އޮއްވައި، އެކަމަށް ހުއްދަދިނުމުގެ ސިޔާސަތެއް ގެންގުޅޭކަމީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ އެމްޑީޕީ ސަރުކާރުންވެސް ހުއްދަނުދީ ހިފަހައްޓާފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ލޭނު އެޅުމުގެ ހުއްދަ ދީފިނަމަ، މިކަމުން މިހާތަނަށް ލިބެމުންއައި މަންފާތައް ގެއްލި މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އެކަމުގެ ނުރަނގަޅު އަސަރުތައް ކުރާނޭ ކަމަށެވެ. މީގެއިތުރުން މިއީ ބައިނަލްއަޤްވާމީ ކަމާބެހޭ ފަރާތްތަކުގެވެސް ނުހަނު ކަންބޮޑުވުން ހިމެނޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން އަބްދުﷲ ޝާހިދު ވަނީ ލޭނުގެ މަސްވެރިކަން ހުއްދަދިނުމަށް ސަރުކާރުން ގެންގުޅެމުން އަންނަ ވިސްނުން އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ޝާހިދު މިފަދައިން ގޮވާލައިފައިވާއިރު ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުންނެވެ. އަދި އެކަމަށް މިހާރު ފިޝަރީޒް މިނިސްޓްރީން ވަނީ ގަވައިދެއް ވެސް އެކުލަވާލާފައެވެ.

މި ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލާއި ކޮމެންޓު ހޯދުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިހާރު ހުޅުވައިލާފައިވާއިރު، މި ގަވާއިދުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހެވެ. މިގަވާއިދާ ބެހޭ ގޮތުން އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް ވާނަމަ، ހިޔާލު ހުށަހެޅުމުގެ ސުންގަޑީގެ ކުރިން fisheriesmanagement@fisheries.gov.mvއަށް އީމެއިލް ކުރެވޭނެއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

52 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy