ތައިލެންޑްގެ އާ ބޮޑުވަޒީރަކަށް ޒުވާން ޕައޭޓޮންގްޓާން ޝިނަވަޓްރާ އިންތިޚާބުކޮށްފި

ތައިލޭންޑުގެ ޒުވާން ބޮޑުވަޒީރު ޕައޭޓޮންގްޓާން ޝިނަވަޓްރާ

ތައިލެންޑްގެ އާ ބޮޑުވަޒީރަކަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ތަކްސިން ޝިނަވަތުރާގެ އެންމެ ހަގު ދަރިކަނބަލުން ޕައޭޓޮންގްޓާން ޝިނަވަޓްރާ ގާނޫނު ހަދާ މަޖިލީހުން މިއަދު އިންތިޚާބުކޮށްފިއެވެ.

37 އަހަރުގެ ޕައޭޓޮންގްޓާން އަކީ ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރެވެ. އަދި އޭނާގެ ބޮޑުދައިތަ ޔަންގްލަކް ޝިނަވަތުރާ އަށް ފަހު، ތައިލެންޑްގެ ދެވަނަ އަންހެން ބޮޑުވަޒީރެވެ. ޕައޭޓޮންގްޓާން އަކީ ޝިނަވަތުރާ އާއިލާއިން ތައިލެންޑްގެ ތިން ވަނަ ލީޑަރެވެ.

ރައްޔިތުންގެ މަޖިލީހުން އޭނާ ބޮޑުވަޒީރަކަށް މިއަދު ހޮވީ 319 ވޯޓުންނެވެ. އޭނާއާ ދެކޮޅަށް 145 މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 27 މެންބަރަކު ތިއްބެވެ.

ޕައޭޓޮންގްޓާންގެ ބައްޕަ ތަކްސިން އަކީ ތައިލެންޑުގެ އެންމެ މަގުބޫލު ސިޔާސީ ޝަޚްޞިއްޔަތަށް ވިޔަސް، 2006 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން އޭނާ މަގާމުން ދުރުކުރިއެވެ. ތަކްސިން އަކީ ފަރުދާގެ ފުރަގަހުގައި ހުންނެވި ފީއު ތައި ޕާޓީގެ ހަގީގީ ލީޑަރެވެ. ޕައޭޓޮންގްޓާންއަށް ސިޔާސީ ގޮތުން ތާއީދު ކުރުމުގެ ފަހަތުގައި ވަނީ އޭނާގެ މަގުބޫލުކަމާއި ނުފޫޒެވެ.

ޕައޭޓޮންގްޓާން ސިޔާސީ މައިދާނަށް އާންމުކޮށް ނުކުމެވަޑައިގަތީ 2021 ވަނަ އަހަރުއެވެ. މިދިޔަ އަހަރު ބޭއްވި އިންތިޚާބާ ދިމާކޮށް ފީއު ތައި ޕާޓީން ބޮޑުވަޒީރު ކަމަށް ވާދަކުރައްވަން ނިންމި ތިން ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކަށް އޭނާވިއެވެ.

ޕައޭޓޮންގްޓާންގެ ނަން ބޮޑުވަޒީރުގެ މަގާމަށް ހުށަހެޅީ ކުރިން އެ މަގާމުގައި ހުންނެވި ސެރެއްތާ ތަވިސް މިދިޔަ ބުދަ ދުވަހު މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. ދުސްތޫރީ ކޯޓުން އޭނާ މަގާމުން ދުރުކުރީ ރިޝްވަތު ދިންކަން ސާބިތުވެފައިވާ މީހަކު ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކަމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy