ވިލްސަން އޮޑޮބަރޓް
ޓޮޓެންހެމް ހޮޓްސްޕަރ އިން ބާރންލީގެ ފްރާންސްގެ 21 އަހަރުންދަށުގެ ޓީމުގޭ ވިންގަރ ވިލްސަން އޮޑޮބަރޓް 25 މިލިއަން ޕައުންޑަށް ސޮއިކުރުވައިފިއެވެ. 19 އަހަރުގެ މި ކުޅުންތެރިޔާ ސްޕާރސް އާއެކު 2029 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ
އޮޑޮބަރޓް ބާރންލީ އާ ގުޅުނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އޭނާ ވަނީ ބާރންލީ އަށް އެކި މުބާރާތްތަކުގައި ޖުމްލަ 34 މެޗު ކުޅެ، 5 ލަނޑު ޖަހާފައެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޗެލްސީ އާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑު ފާހަގަކޮށްލެވެއެވެ. މި ލަނޑާއެކު އޮޑޮބަރޓް ވަނީ ޕްރިމިއަރ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ބާރންލީ ކުޅުންތެރިޔާގެ ރެކޯޑު އަތުލާފައެވެ.
އޮޑޮބަރޓްގެ ކެރިއަރު ފެށުނީ ޕެރިސް ސެއިންޓް-ޖަރމޭންގެ އެކަޑަމީ އިންނެވެ. އޭގެ ފަހުން އޭނާ 2022 ވަނަ އަހަރު ފްރާންސްގެ ޓްރޮއޭސް އާ ގުޅުނެވެ. ޓްރޮއޭސް އަށް އޭނާ ވަނީ 32 މެޗު ކުޅެ، 4 ލަނޑު ޖަހާފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް