ޕޮލިސް އެކަޑަމީން ހިންގި "ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ" ޕްރޮގްރާމުގެ ނިމުން ފާހަގަކޮށްފި

އިއްޔެ ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި "ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ" ޕްރޮގްރާމްގެ ނިމުން އިސްކަންދަރު ކޮށީގައި އިއްޔފާހަގަކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙުސާނެވެ.

މި މަހުގެ 11  އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގުނު މި ތަމްރީން ޕްރޮގްރާމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ހިންގުނު ޕްރޮގްރާމެކެވެ. މި ޓްރޭނިންގގެ މަޤްޞަދަކީ ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތައް ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ހޭލުންތެރިކުރުމާއި، އެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ލިބިދޭ ޙައްޤުތަކާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމެވެ.

މި ތަމްރީން ޕްރޮގްރާމްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފިސް، އެޓަރނީ ޖެނެރަލްސް އޮފީސް، ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ޖުވެނައިލް އަދި ޑްރަގް ކޯޓު ހިމެނޭގޮތަށް ޖުމްލަ 29 ބައިވެރިން ބައިވެރިވިއެވެ. ޕްރޮގްރާމްގައި މަލްޓި-ސެކްޓޯރިއަލް ކޯޑިނޭޝަން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ މައިގަނޑު އުސޫލުތައް، އަދި ޑައިވަރޝަން އާއި ރެސްޓޮރޭޓިވް ޖަސްޓިސްއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

33 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy