ކުރިއަށް އޮތް ލަންކާ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން
ކުރިއަށް އޮތް ސްރީ ލަންކާގެ ރިޔާސީ އިންތިޚާބަށް ރެކޯޑު އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލުމަށް ފޯމު ހުށަހަޅައިފި ކަމަށް އެޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ސްރީލަންކާގެ އިންތިހާބުތަކާއި ބެހޭ މައި ޢިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އަންނަ މަހު އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް 39 ކެންޑިޑޭޓެއްގެ ފޯމު މިއަދު ވަނީ އެ އިދާރާއަށް ހުށަހަޅާފައެވެ.
މި އިންތިޚާބަކީ 2022 ވަނަ އަހަރު ލަންކާ ބަނގުރޫޓުވުމަށްފަހު އެ ގައުމުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ 2022 ވަނަ އަހަރު އެ ގައުމު ވެއްޓުނު މާލީ ގޮންޖެހުންތަކުން އަރައިގަތުމެވެ.
މި އިންތިޚާބުގައި ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ އަދި މާކްސިސްޓް ފިކުރުގެ މަޖިލިސް މެމްބަރު އަނޫރާ ކުމާރާ ޑިސަނަޔަކަ ހިމެނެއެވެ.
މީގެ ދެ އަހަރު ކުރިން، ޖުލައި 2022ގައި ރައްޔިތުންގެ މަޖިލީހުން ނިންމުމަށް ފަހު އަދި ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ފަހު، 75 އަހަރުގެ ރަނިލް ވިކްރަމަސިންހަ ވަނީ ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި މާލީ ކާރިސާތަކުން ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދަވައިފައެވެ.
މި ފަހަރުގެ އިންތިހާބަށް ފަހު ވަގުތު ނުކުންނަވަނީ 225 މެންބަރުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ދެ ފަހަރު ރައީސްކަން ކުރެއްވި މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން އުމުރުން 38 އަހަރުގެ ނަމާލް ރާޖަޕަކްސާ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް